ads
ޖިންސީ ގޯނާ
16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ރާއްޖޭގެ ރަށެއްގައި ޒިންމާދާރު މަގާމެއްގައި ހުރި މީހަކު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު ބަދުއަހްލާގީ އަމަލު ހިންގި މައްސަަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ ގޯނާގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންދާނެ މައްސަލަތަކެއްކަން ފާހަގަކުރަމުން ފުލުހުން ބުނީ އެ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ހާދިސާ ހިނގި ރަށާއި އަތޮޅު ހާމަ ނުކުރާނެ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް