ads
އަޑިއަށް ދިޔަ ބޯޓު--
ކަނޑުވި މީހުން ފެނިއްޖެ
ކަނޑުވި ފަސް މީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހުން ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ކަމަށެވެ. އަދި އެންމެގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައިވެ އެވެ.

ކަނޑުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި އެއް ބިދޭސީ މީހެކެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަޑިޔަށް ދިޔަ ބޯޓުގައި ތިބި މީހުން ފެނިގެން ރިޕޯޓްކޮށްފައި ވަނީ 2:20 ގައި ކަމަށެވެ. އަދި މިހާރު ކޯސްޓްގާޑުގައި އެމީހުން ޅ. މާފިލާފުށްޓަށް ގެންދަމުން ދާކަމަށް ވިދާޅުވިއެވެ.

މި ބޯޓަކީ މާލެއިން ފުރައިގެން ދޮންނަކުޅިއަށް ދަތުރު ކުރި ބޯޓެއް ކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދީފައިވެއެވެ. އަދި މި ބޯޓު އަޑިޔަށް ގޮސްފައި ވަނީ ކާށިދޫއަށް ޖެއްސުމަށްފަހު ދޮންނަކުޅިއަށް ދާން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ކަމަށް މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް