ads
މަޓިޗު؛ ދެހާސް ތޭވީހުގެ ޖޫންގެ ނިޔަލަށް ޔުނައިޓެޑުގައި މަޑުކުރާނެ
މަޓިޗް އިތުރު ދެ އަހަރަށް ޔުނައިޓެޑުގައި
ޗެލްސީން ޔުނައިޓެޑަށް ބަދަލުވި ސާބިއާގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް އިތުރު ދެ އަހަރު ޔުނައިޓެޑުގައި މަޑުކުރަން ސޮއިކޮށްފިއެވެ. މަޓިޗްގެ އައު ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ ދެހާސް ތޭވީސްވަނަ އަހަރަށެވެ.

އުމުރުން 31 އަހަރުގެ މަޓިޗް ޔުނައިޓެޑަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ދެހާސް ސަތާރަވަނަ އަހަރުއެވެ. މި އަހަރު މަޓިޗްގެ ކޮންޓްރެކްޓް ހަމަވާން އޮއްވާ އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރު ކުރުމުން ދެން އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ ދެހާސް ތޭވީސްވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. މަޓިޗްވަނީ މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑަށް ހަތާވީސް މެޗު ކުޅެފައެވެ.

މަޓިޗް 2009 އިން 2011 އަށް ޗެލްސީއަށެވެ. އޭނގެ ފަހުން ޕޯޗުގަލްގެ ބެންފީކާއަށް ކުޅުމަށް ފަހު އަލުން ޗެލްސީއަށް ދިޔައީ ދެހާސް ސާދަވަނަ އަހަރުއެވެ. ދެހާސް ސާދަވަނަ އަހަރުން ފެށިގެން ދެހާސް ސަތާރަވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވުމާއި ހަމައަށް އޭނާ ކުޅުނީ ޗެލްސީއަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް