ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
މިއަދު މަރުވީ އައިޖީއެމްއެޗުން ބައްޔަށް ޕޮޒިޓިވްވި މީހެއް: ޑރ. ނަޒްލާ
މިއަދު ކޮވިޑް-19 ގައި ރާއްޖެއިން 12 ވަނަ އަށް މަރުވި މީހާއަކީ އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއްކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ، ނަޒްލާ ވިދާޅުވީ، ރޭ ފަތިހު 04:35 ހާއިރު ޑީއެޗް11 ގައި ކޮވިޑް19 އަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވިއިރު އެމީހާއަކީ އައިޖީއެމްްއެޗުގެ އައިސީޔޫގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެ ޑީއެޗް11 އަށް ބަދަލުކުރި މީހެއް ކަމަށެވެ. 

ރޭ މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ޑީއެޗް11 ގައި އައިޖީއެމްއެޗުން ޕޮޒިޓިވްވި އިތުރު އެހެން މީހަކަށް ވެސް ދަނީ ފަރުވާދެމުންނެވެ. 

މިހާތަނަށް މުވައްޒަފުން ހިމެނޭ ގޮތަށް އައިޖީއެމްއެޗުން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު އެތަނުގައި ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށްދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް