ads
ޑރ. އަފްޒަލް
އަނބުރާ ލޮކްޑައުންއަކަށް ދިއުން ހުއްޓުވުމުގެ ބާރު އޮތީ އާންމުންގެ އަތުގައި: ޑރ. އަފްޒަލް
ރާއްޖެ އަނބުރާ ލޮކްޑައުންއަކަށް ދިއުން ހުއްޓުވުމުގެ ބާރު އޮތީ އާންމު ރައްޔިތުންގެ އަތުގައި ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ގިނަ ލުއިތަކެއްދީފައި ވުމުން އެކަމަކީ ރާއްޖޭގެ ހާލަތު ރަނގަޅުވުންކަމަށް ދެކިގެން ނުވާނެ ކަމަށެވެ. 

މިހާރު އެންމެ ގިނައީ ނޮން ލިންކްޑް ކޭސްތައްކަމުން އިތުރަށް ސަމާލުވުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވި އެވެ. އެގޮތުން މިހާރު ފެންނަ ކޭސްތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެފަދަ ކޭސްތައް ކަމަށާއި އޭގެ މާނައަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތުން ކަމަށް ވެސް ވިދާޅުވި އެވެ. 

އެހެންކަމުން، ބޭރު ތެރޭގައި އުޅޭއިރު ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދުދެއްވާއި، ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތައް ގިނަވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނަމަ، ބަލި އިތުރަށް ފެތުރިގެން ނުދާނެ ކަމަށެވެ. 

"މިހާރު ވެސް އާންމުންގެ އަތުގައޭ އޮތީ އެއްކަލަ އަނބުރާ ލޮކްޑައުންއަކަށް ދިއުން ހުއްޓުވުމުގެ ބާރު. އެހެންވީމަ ތިބޭފުޅުން ކަންތައް ކުރައްވާ ގޮތުންނޭ ކުރިއަށް އޮތްތަނުގައި މަންޒަރުތައް ބިނާވެގެން ވަނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވަނީ ބޭރަށް ނިކުންނައިރު އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި ގިނަގިނައިން އަތްދޮވުމުގެ އިތުރުން ބަލީގެ ކިރިޔާ ވެސް އަލާމާތެއް ފެނިއްޖެނަމަ ފްލޫ ކްލިނިކަށް ދިއުމަށް ވެސް އެދިވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް