ads
ކަރަން ޕަޓޭލް--
އެންމެ ފަހުން ކަސޯޓީއަށް ރަމަން!
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާގެ ބަދަލުގައި ދެން ފެނިގެންދާނީ ކަރަން ޕަޓޭލް ނުވަތަ މަޝްހޫރު ނަމުންނަމަ "ރަމަން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ވެސް ކަރަން ޝޯ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަވި އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ އެ ޝޯގައި ބަހައްޓަން ޝޯގެ އުފެއްދުންތެރިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން ޝޫޓިންތައް މެދުކެނޑިފައި އޮތުމަށް ފަހު މިއަދު އަލުން ކަސޯޓީގެ ޝޫޓިންތައް ފަށާފައިވާއިރު ކަރަން މިވަނީ ކަސޯޓީއާ ގުޅިފައި ކަމަށް ވެސް ބުނެ އެވެ. އެގޮތުން ބަޖާޖު ފަދަ ރޯލެެއް ކުޅެން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުނެ އެވެ. 

ކަރަން ޕަޓޭލްއަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، ޔޭ ހޭ މޮހޮއްބަތެއިންގައި ރަމަންގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. 

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެން ގޮސްފައި ވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީ އެވެ. އަނުރާގްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ސިޒޭން ހާނެވެ. ކޮމޮލިކާގެ ރޯލުން އުރަވަޝީ ފެނިގެންދިޔަ އިރު ބަޖާޖުގެ ރޯލުން ފެނިގެން ދިޔައީ ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނާންޑަޒް ފެނިގެން ދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާން އެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާންއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް