ads
ފޮރިން މިނިސްޓަރު ޝާހިދުއާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޕޮންޕިއޯ
ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެހީތެރިކަން ލިބޭނެ: ޕޮމްޕިއޯ
ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކާއި ގުޅޭގޮތުން ޕޮމްޕިއޯ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުން ގެންދާނެކަމަށެވެ. އަދި އިގްތިސާދު ކުރިއެރުވުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށް ވެސް ޕޮމްޕިއޯ ވަނީ ވިދާޅުވެފައެވެ.

ޕޮންޕިއޯ އާއި މިނިސްޓަރު ޝާހިދު ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ދާދިފަހުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ ގްރާންޓެއް ދީފައިވާ ކަމާއި ކޮރޯނާ އާއި ދެކޮޅަށް ކުރީ ސަފުގައި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން  ފޯރުކޮށްދިން ކަން ފާހަގަކޮށްފައިވެއެވެ. 

ހަމަމިއާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް