ads
މާފުށީގައި މުޒާހަރާކުރަނީ--
ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕަގެ ގޭ ދޮށުގައި މުޒާހަރާ ކުރަނީ
އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް، ދޮން ބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ގޭ ދޮށުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މާފުށީގައި މުޒާހަރާ ކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާ ކަމަށް ބުނެ އެމީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާއި މާފުށީގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ. 

އެ އިހުތިޖާޖުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ގޭދޮށަށް އެއްވެ އަޑުގަދަ ކުރަމުންނެވެ. އެގޮތުން އެމީހުން ގޮވާލަމުންދަނީ އިހުމާލުވި މީހާ ހައްޔަރުކުރުމަށެވެ. އެ ގޭގެ ދޮރު ކުރިމަތީގައި ދެ ފުލުހަކު މަޑުކޮށްގެން ހުންނަ މަންޒަރު ވެސް ފެނިގެންދެ އެވެ. 

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ރަށު ކައުންސިލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އަދި ބަހެއް ނުލިބެ އެވެ. 

އެނގިފައިވާ ގޮތުގައި، ކުއްޖާއަށް ދޮން ބައްޕަ، ޖިންސީ ގޯނާ ކުރި މައްސަލައިގައި އެމީހުން ތުހުމަތުކުރަމުންދަނީ ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށެވެ. 

އެގޮތުން މީގެ ކުރިން ސީއެންއެމްއަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ، ދޮން ބައްޕަ، ކުއްޖާއަށް ބެހޭކަން މަންމައަށް އެނގޭ ކަމަށާއި އެކަން މަންމަ ސިއްރު ކުރީ ގޯތީގެ ދަހިވެތިކަމުގައި ކަމަށް ބުނެފަ އެވެ. 

ނަމަވެސް އެ ތުހުމަތުތައް އެކުއްޖާގެ މަންމަ ވަނީ ދޮގުކޮށްފަ އެވެ. އެ އަންހެން މީހާ ސީއެންއެމްއަށް ބުނީ، އެ ކުއްޖާއަކީ އޭނާގެ ހުރި ހަމައެކަނި ކުއްޖާކަމަށައި އަމިއްލަ ދަރިއަށް އެފަދަ ކަމެއްވާ އޭނާ ވެސް ނޭދޭ ކަމަށެވެ. 

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހަަށް ހުށަހެޅީ، މާފުށީ ސިއްހީ މަރުކަޒުންނެވެ. އެގޮތުން މައުލޫމާތު ލިބޭ ގޮތުގައި ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ ވަނީ އެ ފިރިހެން މީހާ، ޖިންސީ ގޯނާ ކުރި ވާހަކަ ކިޔައިދީފައި ކަމަށް ބުނެ އެވެ. އެކަމަކު އެ ދުވަހު، އަންހެން މީހާ ސިއްހީ މަރުކަޒުން ނިކުމެގެން ދިޔައީ "ކުއްޖާއަކީ މޮޔައެއް" ކަމަށް ބުނެ ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމަށް ފަހު ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން ކުއްޖާގެ 57 އަހަރުގެ ދޮން ބައްޕަ ހައްޔަރުކޮށްފައިވާއިރު އެމީހާގެ ބަންދުގެ މުއްދަތަށް މީގެ ތިން ދުވަސް ކުރިން ވަނީ 15 ދުވަސް ޖަހާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް