ads
ޒްލަޓާން އަދި ރޮނާލްޑޯ
އޭސީ މިލާނުން ރޮނާލްޑޯއާއި ޔުވެންޓަސް "ސައިޒު" ކޮށްފި
އިޓަލީ ލީގުގައި ފަހަތުން އަރައި އޭސީ މިލާނުން، ޔުވެންޓަސް ހިތި ގޮތަކަށް ބަލިކޮށްލައިފިއެވެ.

ޔުވެންޓަސް ދެ ލަނޑު ޖަހާފައި އޮއްވާ، ރޭ އޭސީ މިލާނުންވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި ޔުވެންޓަސް "ސައިޒު" ކޮށްފައެވެ. 

ރޭ މިލާނުގެ ސެންސީރޯގައި ކުޅުނު މެޗުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު، ދެވަނަ ހާފުގައި އެޑްރިއެން ރަބިއޯއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން ޔުވެންޓަސްއިން ކުރި ހޯދިއެވެ. އެހެންނަމަވެސް މެޗު އަނބުރާލީ ޒްލަޓާން އިބްރޮހަމަވިޗް ޖެހި ޕެނަލްޓީންނެވެ. އެއާއި އެކު ހަމަ މިނިޓް ތެރޭ މިލާނުންވަނީ ޔުވެންޓަސް ކޮޅަށް ތިން ގޯލު ޖަހައި ކުރި ހޯދާފައެވެ. ފަހުން އިތުރު ގޯލެއް ޖަހައި މެޗު ނިމުނީ ހަތަރު ލަނޑު ދެ ލަނޑުން މިލާން މޮޅުވެގެންނެވެ.

ރޭގެ މެޗުން ހިތި ގޮތަކަށް މިލާން އަތް ދަށުވިނަމަވެސް ޔުވެންޓަސް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގަ އެވެ. ޔުވެންޓަސްއިންވަނީ 31 މެޗުން 75 ޕޮއިންޓް ހޯދާފައެވެ. ރޭގެ މޮޅާ އެކު މިލާން ވަނީ 31 މެޗުން 49 ޕޮއިންޓް ހޯދައި ތާވަލުގެ ފަސް ވަނަ އަށް އަރައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް