ads
ރައީސް ޔާމީންގެ ޝަރީއަތް: 5 މިލިއަން ޑޮލަރު ބަލާދިޔަކަމުގެ ތުހުމަތު އަދީބާއި ޝައިނީއަށް
ލިބުނު ފަސް މިލިއަން ޑޮލަރަކާއި ހަވާލުވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ދިޔަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުމުގަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.  

އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ އިރު މިއަދު އޮތީ ފަހުބަސް ބުނުމުގެ ފުރުސަތެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވޮޑުމުލާއަކީ އޮންނަ ރަށެއްކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ އޮންނަ ރަށެއްކަންވެސް އެނގުނީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އަދި މައްސަލަ ބެލި ފުލުހުންނަށް ވޮޑުމުލާ ލިބިފައިވަނީ ކޮންބަޔަކަށް ކަން އިނގޭނެ ކަމަށާއި، އެ ރަށަށް ބޭރުގެ ބަޔަކަށް ދިނުމުގައި އުޅުނީ އަދީބުގެ ގާތް އެކުވެރިން ކަމަށެވެ. އަދި އެ ރަށް ލިބުނީ އަދީބުގެ ވަރަށް ގާތް ދެ އެކުވެރިންނަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ ފައިސާ ހޯދުމަށް އަދީބަށް ގުޅިކަމަށާއި، އެހެން ނަމަވެސް އެއީ ދައުލަތުގެ ފައިސާ ނުވަތަ ވޮޑުމުލާ އިން ލިބުނު ފައިސާއެއް ހޯދުމަށް ނޫން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ގިނަ އަަދަދެއްގެ ފައިސާ އަދީބުގެ އަތުގައި ހުރި ކަމަށާއި، ރިޔާސީ ލޯންޗް ގޮވި ހާދިސާއަށް ފަހު އެފައިސާ ހޯދުމަށް ގުޅިކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބުނު ކަމަށާއި، އެއާއި ހަވާލުވުމަށް ދަޔައީ ޝައިނީ އާއި އަދީބު ކަމަށެވެ. އަދި ބުނެފައިވާނީ އެފައިސާ ދިނުމަށްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއްވެސް އަދި ޗެކެއްވެސް ލިބިފައި ނުވާކަމަށެވެ. އަދި އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާކުރި އިރު އިތުރު ފައިސާވެސް އެކައުންޓްގައި ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނަށް ލިބެންޖެހޭ ފައިސާކަން އިނގޭކަމަށް ވިދާޅުވި އެވެ. 

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ ފަރާތުން ކޯޓަށް ހުށަހެޅި ބައެއް ނުކުތާތަށް ތަކުރާރުކޮށް ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވާ ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަހާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް