ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަނީ
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ ކަމަށެވެ.

އެހެންނަމަވެސް ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކިތައް މުވައްޒަފުންކަމެއް ސާފެއް ނުވެ އެެވެ.

އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މިރޭގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަަށް އަންގަވާފަ އެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ، ކުރި ކަމަށް ތުހުމަތުކޮށް މިދަނޑިވަޅުގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އައި ނަމަވެސް އެކަމާއި ގުޅިގެން މިނިސްޓަރު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް