ads
އެފްއޭއެމް -- ފޮޓޯ: ވީނިއުސް
އެފްއޭއެމްގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެ، 8 ނޫސްވެރިން ކަރަންޓީނަށް
ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިންތަކެއް ކަރަންޓީން ކޮށްފިއެވެ.

އެފްއޭއެމްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފު މިހާރު ހުރީ ކަރަންޓީން ފެސިލިޓީއެއްގައި ކަމަށާއި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ކަރަންޓީނަށް ދިއުމަށް ހެލްތު ޕްރޮޓެކްޓިވް އެޖެންސީ (އެޗްޕީއޭ) އިިން އަންގަމުންދާކަމަށް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ދެ ހަރަކާތުގައިވެސް އެފްއޭއެމްއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މުވައްޒަފު ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. އައިމިނަތު ނަޒްލާ ރަފީގް ސީއެންއެމްއަށް ވިދާޅުވީ އެފްއޭއެމްގެ މުވައްޒިފެއް ޕޮޒިޓިވްވުމުން. ކޮންޓެކްޓް ޓްރޭސިންގެ މައްސަކަތުން މިހާތަނަށް 8 ނޫސްވެރިއަކު ކަރަންޓީނު ކޮށްފައިވާނޭކަމަށެވެ.

" 14 ދުވަހަށް ގޭގައި ކަރަންޓީންވުމަށް އަންގަފައިވަނީ އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް