ads
ބާސެލޯނާގެ ކުޅުންތެރިން
ބާސެލޯނާ މޮޅުވެ، ރިއާލްގެ ފަހަތުގައި ވިއްދާފައި
އެސްޕަންޔޯލް ބަލިކޮށް ބާސާއިން ލީގު ޓޭބަލްގައި ރިއާލް މެޑްރިޑާ އެއް ޕޮއިންޓް ކައިރިއަށް ޖެހިއްޖެއެވެ. ސްޕެނިޝް ލީގުގައި ރޭ ބާސާ މޮޅުވީ އެސްޕަންޔޯލް އަތުން އެއް ލަނޑު ސުން ލަނޑުންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މި މެޗުން ބާސެލޯނާ އަތުން ބަލިވުމުން އެސްޕަންޔޯލްވަނީ ރެލިގޭޓްވާނެކަން ޔަގީންވެފައެވެ. އެސްޕަނިޔޯލް އޮތީ 24 ޕޮއިންޓާ އެކު ޓޭބަލްގެ ފުލުގައެވެ.

ރޭގެ ތިން ޕޮއިންޓާ އެކު ރިއާލްގެ ފަހަތުން ވިއްދާފައި އޮތް ބާސާއަށްވަނީ 35 މެޗުން 76 ޕޮއިންޓް ލިބިފައެވެ. އެއް ޕޮއިންޓް އިތުރަށް ހޯދާފައިވާ ރިއާލް މެޑްރިޑު އަތުގައި އިތުރު މެޗެއްވެސް އެބައޮތެވެ. ރެއާލް އެއް ވަނައިގައި އޮތީ 34 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ ޑިޕޯޓިވޯ އަލަވެސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ފަރަގު އަނެއްކާވެސް އިތުރު ކުރެވޭނެ އެވެ. މާދަމާ ރޭގެ މެޗަށް ފަހު ދެ ޓީމަށްވެސް ބާކީ ދެން އޮންނާނީ ތިން މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް