ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އޭޖީން ރައީސް ޔާމީން ގޮވައިގެން ކޯޓަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އެ މައްސަލައިގައި ފައިސާ ހޯދުމަށް ރައީސް ޔާމީނާއި ދެކޮޅަށް ދައުވާ ކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

އެހެން ނަމަވެސް އެ ފައިސާ ދައްކާފައިނުވާތީ އެ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމަށް ނިންމާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ސީއެންއެމްއަށް މައުލޫމާތުދެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި ލިޔެކިޔުންތައް ތައްޔާރުވިހާ އަވަހަށް އެ މައްސަލައިގައި ދައުވާ ކުރާނެ ކަމަށެވެ. 

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ބާއްވާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް