ads
ޑރ. މުހައްމަދު މުއިއްޒު--
ހިޔާ ފްލެޓްތަކާއި ގުޅިގެން މުއިއްޒު މަޖިލީހަށް ހާޒިރުކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި، ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މައްސަލައާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އަންގައިފި އެވެ.

ޑރ. މުއިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތި ނިއުޝާ ސޮއި ކުރައްވާ، ފޮނުއްވި ސިޓީއެއްގައި ވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން މުއިއްޒުއާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށެވެ. 

އެކަމާއި ގުޅިގެން މުއިއްޒު މިއަދު ސީއެންއެމްއަށް ވިދާޅުވީ ކޮމިޓީއަށް ހާޒިރުވުމަށް އަންގަވާފައި ވަނީ މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކަމަށެވެ. އަދި އެ ދުވަހު ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއިއްޒު ހާޒިރުކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ނޫމަޑީގެ މައްސަލައާ ގުޅިގެން ވެސް ސުވާލުކުރަން މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް