ads
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން --- ފޮޓޯ: ފޭސްބުކް އެކައުންޓް
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދު ވެސް މަގާމުން ވަކިކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދު ވެސް މަގާމުން ވަކިކުރީ މިނިސްޓަރު އަލީ ވަހީދު ވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ.

"މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކުރީ ކުރީގެ ޓޫރިޒަމް މިނސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން" ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވި އެވެ.

ހައްސާން އެ މަގާމުން ވަކިކުރިކަން މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުން އަންގާފައިވާއިރު އެ މަގާމަށް އޭނާ އައްޔަން ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

އޭނާ މަގާމުން ވަކިކުރިއިރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރިކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރު އަލީ ވަހީދު އެ މަގާމުން އިސިތިއުފާ ދިނުމަށް ރޭގެ ވަގުތެއްގައި އަންގަވާފަ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ނުދެއްވުމުން މިއަދު ވަނީ އެމަގާމުން ވަކިކޮށްފަ އެވެ. 

މިހާރު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ހަވާލުކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް