ads
އިންމަ ދަގްރާންޑޭގެ ކޮންޓްރެކްޓްގައި ސޮއި ކުރަނީ--
އަންނަ ސީޒަންގައިވެސް ދަ ގްރާންޑޭގެ ކޯޗަކަށް ހުންނާނީ އިންމަ
ދަ ގްރާންޑޭގެ ކޯޗަކަށް އަންނަ ސީޒަންގައިވެސް އިސްމާއިލް މަހްފޫޒް (އިންމަ) ބަހައްޓަން ނިންމައި، އިންމަގެ ކޮންޓްރެކްޓް އިތުރުކޮށްފިއެވެ. އިންމައާއި ދަގްރާންޑޭގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް އިތުރުކުރިކަން އެ ކްލަބުން ހާމަކުރީ މިއަދުއެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަނުންގެ ގޮތުގައި، ނިމުނު ސީޒަންގައި އަލަށް އެއްވަނަ ޑިވިޝަނަށް އައި ދަގްރާންޑޭގެ ފުރަތަމަ ސީޒަންގައި އެ ކްލަބުން އިންމައާއި އެކު ޓާގެޓް ކުރީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމަށެވެ. ސީޒަންގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ހޯދި ދަ ގްރާންޑޭ އެކަމަކު ލީގު ނިންމާލީ ފަސްވަނަ މަގާމުގައި އޮވެއެވެ.

އިންމަގެ އިރުޝާދުގެ ދަށުން ދަގްރާންޑޭ ކުޅުނު ފުރަތަމަ ސީޒަންގައި ފަސްވަނައިގައި ނިންމާލީ އެކާވީސް މެޗުން ހަތާވީސް ޕޮއިންޓާ އެކުއެވެ. ދަގްރާންޑޭ ހަތް މެޗުން މޮޅުވި އިރު އަށް މެޗުން ބަލިވިއެވެ. އެއްވަރުވީ ހަ މެޗުންނެވެ. ދަގްރާންޑޭގެ ފުރަތަމަ ސީޒަންގައި އެ ކްލަބުންވަނީ ތިރީސް ތިން ގޯލް ޖަހާފައެވެ. ބައިކޮޅަށް ބައްތިރީސް ގޯލުވަދެފައިވެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސީޒަނަށް އިންމަގެ ސޮއި އެ ކްލަބުން ހޯދިއިރު، އަންނަ ސީޒަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް