ads
އެމަޒޮން
ޓިކްޓޮކް ރިމޫވްކުރަން އެންގުނީ އޮޅިގެން: އެމަޒޮން
މުވައްޒަފުންނަށް އެމީހުންގެ ފޯނުން ޓިކްޓޮކް ރިމޫވްކުރަން އަންގާ މެއިލް ފޮނުވުނީ އޮޅުމަކުން ކަމަށް އެމަޒޮން އިން ބުނެފި އެވެ.

އެމެޒޮންގެ މުވައްޒަފުންގެ ވޯކް އީމެއިލް އަށް އެކްސެސް ކުރެވޭ ފޯނުތަކުން ޓިކްޓޮކް ރިމޫވްކުރަން ބުނެ މުވައްޒަފުންނަށް ކުންފުނީގެ މެއިލް އެއް ފޮނުވާފައި ވަނީ ހުކުރު ދުވަހު އެވެ. 

އެގޮތުން އެ މެއިލް ގައި ވަނީ ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް ފޯނުތަކުން އެމަޒޮންގެ މެއިލް އަށް އެކްސެސް ކުރަން ބޭނުން ނަމަ ފޯނުން ޓިކްޓޮކް ރިމޫވްކުރަން ޖެހޭނެ ކަމަށެވެ. އަދި މި ގޮތަށް ނިންމީ ސެކިއުރިޓީ ރިސްކުތަކެއްގެ ސަބަބުން ކަމަށްވެސް އެމަޒޮން އިން ވަނީ އެ މެއިލްގައި ބުނެފަ އެވެ. 

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ބީބީސީ އަށް އެމަޒޮންގެ ތަރުޖަމާނަކު ވަނީ އެ މެއިލް ކުންފުންޏަށް ފޮނުވުނީ އޮޅުމަކުން ކަމަށާއި އެ ކުންފުނިން ޓިކްޓޮކާ މެދު އަމަލުކުރާނެ އާ އުސޫލެއް ނުވާ ކަމަށެވެ. 

ޗައިނާގެ ކުންފުންޏެއްގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ އަމާޒުވެފަ އެވެ. އެ އެޕް މެދުވެރިކޮށް ޗައިނާ އަށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ދަނީ ދެކެވެމުންނެވެ. 

އެމަޒޮންގެ އެ މެއިލް އާއި ގުޅިގެން ޓިކްޓޮކް އިން ވަނީ އެމަޒޮން އިން ބިރުން އެއުޅެނީ ކީއްވެގެންކަން ނޭނގޭކަމަށް ބުނެފަ އެވެ.

ވަރަށް ފަހުން އިންޑިއާއިންވެސް ވަނީ ޓިކްޓޮކް ބޭން ކުރުމަށް ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް