ads
ފޮޓޯ: އެމްޓީސީސީ
ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި
ހއ. ކެލާގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

އެމްޓީސީސީ އިން އެ މަސައްކަތް ނިންމާލާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު ކަމަށް އެކުންފުނިން ބުނެ އެވެ. 

އެކުންފުނިން ބުނީ ކެލާ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 3,496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މެއިންޓެއިނަންސް ޑްރެޖިންގެ މަސައްކަތް އަދި 12,768 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ޗެނަލް ޑްރެޖިންގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން 30 މީޓަރުގެ ބްރޭކް ވޯޓާ އަކާއި 220 މީޓަރުގެ ރިވެޓްމެންޓް ވެސް ޖަހާފައިވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

އޭގެ އިތުރުން އެ ރަށުގައި 50 މީޓަރުގެ ކުއޭ ވޯލް އަކާއި 1,445 ސްކުއާ މީޓަރުގެ ސަރަހައްދުގައި ޕޭމަންޓުވެސް އެ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ ތަރައްގީކޮށްފަ އެވެ. 

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ކެލާގައި ނެވިގޭޝަން ލައިޓްގެ އިތުރުން ބަނދަރު ލައިޓާއި މޫރިންގް ބޮއީ ވެސް އިންސްޓޯލްކޮށްފައި ވާނެ ކަމަށެވެ. 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، އިންފްރާސްޓްރަކްޗާ އެންޑް ހައުސިން އިން އެމްޓީސީސީ އާއި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހު އެވެ. އަދި މަޝްރޫއުގެ މަސައްކަތް އެ އަހަރު ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީ އިން ވަނީ ފަށާފަ އެވެ. 

އެ މަޝްރޫއުގެ އަގަކީ 17.4 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް