ads
ކ. ހިންމަފުށި - ފޮޓޯ: ސޯޝަލް މީޑިޔާ
މާލެއިން ހިންމަފުށްޓަށް ދިޔަ މީހެއް ކޮވިޑަށް ޕޮަޒިިވްވެއްޖެ
މާލެއިން ހިންމަފުއްޓަށް ދިޔަ މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން ވިދާޅުވީ ފައި ބިންދިގެން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރުމަށް ފަހު، އެނބުރި ރަށަށް ގެނެސް ހޯމް އައިސޮލޭޝަންއަށް ގެނެވުނު ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ކައުންސިލް އިދާރާއަށް ޔަގީންވެފައި ވާކަމަށެވެ. އެހެންނަމަވެސް އޭނާއާއި އެއް ކޮޓަރީގައި އުޅެމުންދިޔަ އޭނާގެ ދަރި ކޮވިޑަށް ނެގެޓިވް ވެފައިވާކަމަށް ވިދާވި އެވެ.

ޝާން އިތުރަށް ވިދާޅުވީ  އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށެވެ.  

މިއީ ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން މީހަކު ޕޮޒިޓިވްވި ތިންވަނަ ރަށެވެ. ހިންމަފުށީގެ އިތުރުން އިއްޔެ ވަނީ ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެ ކުރިން ގއ. މާމެންދޫން ވެސް ތިން މީހަކު ޕޮޒިޓިވް ވެފައިި ވާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހި ނިޔާވެފައި ވަނީ 13 މީހެކެވެ. އަދި މިހާތަނަށް އައިރު މި ބަލި ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 2617 މީހަކަށެވެ. މިބަލީގައިގައި މިހާރު ފަރުވާ ދެވެމުން ދަނީ 361 މީހަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް