ads
ޑރ. އަލީ ލަތީފް--
ކޭސްތައް އިތުރުވާނަމަ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިދާނެ: ޑރ. އަލީ ލަތީފް
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު އިތުރުވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިދާނެ ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓިމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ގިނަ ކޭސްތަކެއް ފެންނަމުން ދާކަމަށެވެ.  

ޑރ. ލަތީފް ވިދާޅުވީ މާސްކް ނާޅާ މަގުމަތީގައި ގިނަ ބަޔަކު އުޅޭކަން މިހާރު ފާހަގަވާކަމަށެވެ. އަދި ގައިދުރު ކުރުމެއް ނެތި ގިނަ ބަޔަކު އުޅޭކަންވެސް ފާހަގަކުރެވޭ ކަމަށާއި، އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ. 

ޑރ. ލަތީފް ވިދާޅުވީ ފާއިރުވި ދެ ދުވަހު ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާކަމަށާއި، އަދި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަކަމުގައި ވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ. 

"މިގޮތަށް ދަންޏާ މުސްތަގްބަލުގައިވެސް އިތުރު ކޭސްތައް ޕޮޒިޓިވް ވެގެންދާނެ. އަދި މާގިނަ ޕޮޒިޓިވް ކޭސްތައް ފެންނަ ކަމުގައިވާނަމަ އިތުރަށް ރެސްޓިކްޓިވް މެޝާތައް ގެންނަންޖެހޭނެ." ޑރ. ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ ބަލި ޖެހޭމީހުންގެ އަދަދު އިތުރުވެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހިއްޖެ ނަމަ ފާއިތުވެދިޔަ މަސްތަކުގައި ކުރި މަސައްކަތުގެ މާނައެއް ނެތްކަމަށެވެ. 

މިދިޔަ ތިން ދުވަހުގެ ކޮވިޑް19 ގެ ނަތީޖާ ތައް:

  • މިމަހުގެ ނުވަ ވަނަ ދުވަހު ޖުމުލަ 36 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 33 ފަރާތަކީ ދިވެހިންނެވެ.
  • މިމަހުގެ ދިހަ ވަނަ ދުވަހު ޖުމުލަ 64 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެ ތެރެއިން 44 ފަރާތަކީ ދިވެހިންނެވެ.
  • މިމަހުގެ އެގާރަ ވަނަ ދުވަހު ޖުމުލަ 47 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 43 ފަރާތަކީ ދިވެހިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް