ads
ޝެފިލްޑް އަތުން ޗެލްސީ ބަލިވީ 3-0 ން
ޗެލްސީއަށް ލަދުވެތި ބައްޔެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ލަދުވެތި ގޮތަކަށް ޗެލްސީ ބަލިވެއްޖެ އެވެ.

ޗެލްސީ ރޭ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ.

ލަދުވެތި ގޮތަކަށް ޗެލްސީ ބަލިވި މެޗުގައި ޝެފީލްޑް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ. އެ ޓީމުން ވަނީ ފުރަތަމަ ހާފު ތެރޭ ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ. ލަނޑުތައް ޖެހީ ޑޭވިޑް މެކްގޯލްޑްރިކާއި އޮލީ މެކްބާނީ އެވެ. ހަތަރު ވަނަ ލަނޑެއް ޖެހޭ ކަހަލަ ތަނަވަސް ފުރުސަތެއް ޝެފިލްޑަށް ލިބުނެވެ. އެހެންނަމަވެސް އެ ލަނޑު ޖެހޭ ގޮތެއް ނުވި އެވެ.

ރޭގެ ނަތީޖާއާއި އެކު ތިންވަނައިގައި އޮތް ޗެލްސީގެ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީ އޮތީ ތިރީސް ފަސް މެޗުން ފަސްދޮޅަސް ޕޮއިންޓް ހޯދާފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް 34 މެޗުން 58 ޕޮއިންޓް ލިބިފައިވާތީ، މާދަމާރޭ ސައުތެމްޓަމް އަތުން މޮޅުވެއްޖެ ނަމަ ޔުނައިޓެޑަށް ޗެލްސީގެ މައްޗަށް ކުރި ހޯދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް