ads
ބައްޗަން އާއިލާ--
އައިޝްވާރިޔާ އާއި ދަރިފުޅު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ ދަރިފުޅު، އަރާދްޔާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިއްޔެ ރޭ ބައްޗަން އާއިލާއިން އަމީތާބް އާއި އޭނާގެ ފިރިހެން ދަރިފުޅު، އަބީޝޭކަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް އެމީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. 

އެއާއެކު އެ އާއިލާގެ އިތުރު މީހުންނާއި ގޭގައި މަސައްކަތް ކުރާ މީހުން ވެސް ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ފެށިއިރު އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި، އައިޝްވާރިޔާ އާއި އަބީޝޭކްގެ އިތުރުން ވެސް އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަރާދްޔާ އަށް ވެސް އެ ބަލި ވަނީ ޖެހިފަ އެވެ.

އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު ފަރުވާ ހޯދާނީ ހޮސްޕިޓަލުން ނުވަތަ ގޭގައި ތިބެގެންކަމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ.

އަމީތާބުގެ އަންހެނުން އަދި ބަތަލާ، ޖާޔާ ބައްޗަން ކޮވިޑްއަށް ނެގެޓިވް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިހާރު މުމްބާއީގައި އެމީހުން ދިރިއުޅެމުން އައި ގެއަށް ވަދެ ނިކުތުން މަނާކޮށްފައިވާއިރު މިހާތަނަށް ގޭގައި އުޅުނު 10 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. 

މީގެ ކުރިން ވެސް ބޮލީވުޑުގެ މަޝްހޫރު ތަރިންގެ ގޭގައި މަސައްކަތް ކުރާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު މިއީ ބޮލީވުޑުގެ މަޝްހޫރު އާއިލާއަކުން ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެމީހުންނަށް ބަލި ޖެހެން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް