ads
ފޮޓޯ: ވަން އޮންލައިން
އިއުތިރާފް އެއްބަސްވުން ހެދީ ބޭސްފަރުވާއަށް ފޮނުވާނެ ކަމަށް އެއްބަސްވުމުން: އަދީބު
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އިއުތިރާފް އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން އަދީބާއި އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފައެވެ. 

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެއްބަސްވުން އެކުލަވާލީ ދައުލަތުން ކަމަށާއި، އެ އެއްބަސްވުމާއި ގުޅޭގޮތުން އޭނާގެ ވަކީލް ގިނަ އިޖްރާއީ މައްސަލަތަކެއް ފާހަގަކުރި ކަމަށެވެ. އެހެންނަމަވެސް އެއްބަސް ވުމުގައި ސޮއިކުރީ ކޮންމެހެން ބޭސްފަރުވާއަށް ދިއުމަށް ބޭނުންވާތީ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން އަދީބު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިވެސް ކުރީ އޭނާއަށް ގްލޮކޯމާ ޖެހި ބޭސްފަރުވާއަށް ކޮންމެހެން ދާންޖެހޭތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އެއްބަސްވުމުން ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެދިވަޑައިގަތީ އޭރުގެ ޕީޖީ އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އިސްވެރިން ކަމަށްވެސް އަދީބު ވިދާޅުވި އެވެ. އަދި އަދީބު ވިދާޅުވީ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

މިއަދުގެ އަޑުއެހުން ނިންމަވާ ލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް