ads
ޕާތު ސަމްތާން--
ޕާތު، ކޮވިޑަށް ޕޮޒިޓިވްވެ، ކަސޯޓީގެ ޝޫޓިންތައް ހުއްޓާލައިފި
މަޝްހޫރު ޓީވީ ތަރި، ޕާތު ސަމްތާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގައި އަނުރާގުގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޕާތު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، އެ ޝޯގެ ޝޫޓިންތައް ވެސް މިވަނީ މެދުކަނޑާލާފަ އެވެ. 

އެގޮތުން ޝޯގެ ކްރޫއިންގެ ގޮތުގައި ގާތްކޮށް ހަރަކާތްތެރިވި މީހުން ވެސް ބައްޔަށް ޓެސްޓްކުރުމަށް ވަނީ އެދިފަ އެވެ.

ކަސޯޓީގެ ޝޫޓިންތައް މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެށީ، ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެކަން އިއުލާންކޮށް ޕާތު ވަނީ ތިން މަސް ފަހުން މަސައްކަތާއި ގުޅިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ވެސް ބުނެފަ އެވެ.

ޕާތުއަށް ކޮވިޑް-19 ޖެހުނުއިރު، އޭނާ ވަނީ ލޮކްޑައުންގައި ޑިޕްރެޝަންއަށް ވެއްޓުން ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ގާތް ރަހުމަތްތެރިންނާއި އާއިލާގެ ފަރާތުން އެކަމުން އަރައިގަތުމަށް ލިބުނު އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް