ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ--
ތައުލީމީ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން މިރޭ ބާއްވަނީ
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިރޭ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު، މަޖިލީހަށް ހުށަހަޅުއްވާފައިވާ އެ ބިލަށް ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި މަޖިލީހުގަ އެވެ.

އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) ގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އަހްމަދު ސައީދު (ގަހާ ސައީދު) ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. 

ތައުލީމީ ބިލުގައި ވެސް ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭތޯ ކަށަވަރުކުރުމަށް އޮނިގަނޑެއް ގާއިމުކުރަން ހިމަނާފަ އެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ އަސާސްތަކާއި އުނގެނުމާއި ގުޅޭގޮތުން ލިބޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންގެ ޒިންމާތައް ބަޔާންކުރެ އެވެ. 

ތައުލީމީ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މަތީ ތައުލީމުގެ ބިލު ވެސް މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް