ads
ފޮޓޤ: ސޯޝަލް މީޑީޔާ----
ބިދޭސީންގެ މުޒާހަރާ: ފުލުހުންނަށް ހަމަލާދިން 22 ބިދޭސީއެއް ހައްޔަރުކޮށްފި
މިއަދު ހުޅުމާލޭގައި ހިނގައިދިޔަ ހަމަ ނުޖެހުމުގެ ތެރޭގައި 22 ބިދޭސީއަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

މުސާރަ ނުލިބޭ މައްސަލަައާ ގުޅިގެން، އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުންތަކެއް މިއަދު ހުޅުމާލޭގައި ވަނީ މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާގައި ފުލުހުންނަށް އަނިޔާތަކެއް ވެފައިވާއިރު ފުލުހުންގެ ވެހިކަލަކަށްވެސް އެމީހުން ހަމަލާދީފައިވެއެވެ. އަދި އާންމު މީހެއްގެ ގޭގެ ކުޑަދޮރުވެސް ތަޅާލައިފައިވާކަން ފާހަގަކުރެވެއެވެ.

މި ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކުރެވި އެ ސަރަހައްދުގައި ފުލުހުންގެ ހާއްސަ ޓީމެއް ހަަރަކާތްތެރިވަމުން ދާއިރު ފުލުހުންނަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން މިހާތަނަށް 22 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.

އަނިޔާވެފައި ވަނީ ކިތައް ފުލުހުންނަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.  

މިދިޔަ މަހުގެ ފަހުކޮޅު ބޮޑުފިނޮޅުގައިވެސް ވަނީ ބިދޭސީ މަސައްކަތް ތެރިންތަކެއް މުސާރަ ނުދޭ ކަމަށް ބުނެ ދިވެހީން ތަކެއް ރަހީން ކޮށްފައިވެ އެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި އެރަށަށް އަރަން އުޅުނުފުލުހުންނަށް ވަނީ އަނިޔާތަކެއް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް