ads
ހުޅުމާލޭގައި ކުރިއަށްދާ މުޒާހަރާ--
ބިދޭސީންގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ އަދަދު 40 އަށް
ހުޅުމާލޭގައި ކުރިއަށްދިޔަ ބިދޭސީންގެ މުޒާހަރާގެ ތެރެއިން 40 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުސާރަ ނުލިބޭ މައްސަލަައާ ގުޅިގެން، އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުންތަކެއް މިއަދު ހުޅުމާލޭގައި މުޒާހަރާކޮށްފައިވާއިރު އެ ބިދޭސީންނާއި ފުލުހުންގެ މެދުގައި ވަނީ ހަމަނުޖެހުމެއް ހިނގާފަ އެވެ. 

ފުލުހުން ބުނީ ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އެމީހުން ވަނީ ފުލުހުންގެ ވެހިކަލްތަކަށް ވެސް ގެއްލުންދީފައި ކަމަށެވެ. ފުލުހުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ވެހިކަލްތަކުގެ ލޯގަނޑު ތަޅައިގެންގޮސްފައިވާ މަންޒަރު ފެނެ އެވެ. 

ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ހުޅުމާލޭގައި މުޒާހަރާކޮށްފައިވެ އެވެ. މުސާރަ ނުލިބޭ މައްސަލައިގައި އެމީހުން މުޒާހަރާކުރަމުން އަންނައިރު މިދިޔަ ހަ މަސް ދުވަހުގެ މުސާރަ އެމީހުންނަށް ނުލިބޭ ކަމަށް ބައެއް މީހުން ބުނެ އެވެ. 

އެ މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުޅެނީ ކީއްވެގެންކަން އައިލެންޑް އެކްސްޕާޓް ކުންފުނިން ނުބުނެ އެވެ.

މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލްކޮށްފައިވާއިރު ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިހާރު އެ މުވައްޒަފުންތައް ވެސް ތިބީ އެކުންފުނީގެ ލޭބާ ކުއާޓާގައި ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް