ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޑުއޯ--
ދެ ބޯ ލާފައިވާ ބުޅަލެއް ދުވަހަކުވެސް ދެކުނިންތަ؟
"ޕެޓު"ގެ ގޮތުގައި ބުޅާ ގެންގުޅޭ ހިތްވާ މީހުންނާއި ބުޅާ ދެކެ ލޯބިވާ މީހުން ދިވެހިންގެ ތެރޭގައި ގިނަ އެވެ. އެކަމަކު ދުވަހަކު ވެސް ދެ ބޯ ލާފައިވާ ބުޅަލެއް ދިވެއްސަކަށް ފެނުނު ހެނެއް ހިޔެއް ނުވެ އެވެ.
Advertisement
"ޕެޓު"ގެ ގޮތުގައި ބުޅާ ގެންގުޅޭ ހިތްވާ މީހުންނާއި ބުޅާ ދެކެ ލޯބިވާ މީހުން ދިވެހިންގެ ތެރޭގައި ގިނަ އެވެ. އެކަމަކު ދުވަހަކު ވެސް ދެ ބޯ ލާފައިވާ ބުޅަލެއް ދިވެއްސަކަށް ފެނުނު ހެނެއް ހިޔެއް ނުވެ އެވެ.

އެމެރިކާގެ ސޭން ޑިއޭގޯއަށް އުފަން ޑުއޯ އަކީ ދެ ބޯ ލީ ބުޅަލެކެވެ. އޭތީގެ ހަށިގަނޑުގައި ދެ ބޯ ވެއެވެ. އެހެންވެ ދެ އަނގަ އާއި ދެ ނޭފަތާއި ހަތަރު ލޯ އެއަށް ލިބިފައި ވެއެވެ.

މީގެ ތިން މަސް ކުރިން އުފަންވި ޑުއޯގެ ދެ ބޯ ހުރުމުގެ ސަބަބުން އޭތި ވިހެއި މަންމަ ބުޅާ އެ ގެންގުޅޭކަށް ބޭނުމެއް ނުވި އެވެ.

އެހެންކަމުން ޑުއޯގެ ހުރިހާ ކަމެއް މިހާރު ބަލަމުންދަނީ ޖަނަވާރުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ރޭލްފް ޓްރޭން އެވެ.

ޑުއޯ އެންމެ ފުރަތަމަ ކާން ދިނީ ޓިއުބާއި ސިރިންޖު ބޭނުންކޮށްގެންނެވެ. އެކަމަކު މިހާރު އެ ބުޅަލަށް އަމިއްލައަށް ކާން ވަނީ ދަސްވެފަ އެވެ.

ޓްރޭން ބުނީ ޑުއޯގެ ދެ އަނގައިން ވަކިވަކިން އަޑު ލައްވާ، ގޮވާ ހަދާ ކަމަށެވެ. އަދި އޭތީގެ ދެ ނޭފަތާއި ހަތަރު ލޯ ވެސް ފުރިހަމައަށް މަސައްކަތް ކުރެ އެވެ.

އެކަމަކު ޑުއޯއަށް ދިރިއުޅުމަށް ގިނަ ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. ކެއުމުގެ ކަންތަކުގައި އޭތީގެ ދެ އަނގައިން ވެސް ކާ އެއްޗެހި ހޯދަން މަސައްކަތް ކުރާތީ، ކެއުމުގެ ދަތިތައް ދިމާވެ އެވެ.

އޭގެ އިތުރުން ނޭވާލުމުގެ މައްސަލަތަކާއި، ފިޓު ޖެހުމާއި، ހަތަރެސްފައި ބޭނުން ކުރުމުގައި ވެސް އެ ބުޅަލަށް މައްސަލަތަކާއި ދިމާވެ އެވެ.

ސިއްހީ ގޮތުން މި މައްސަލަ ދިމާވާ ބުޅަލަށް ކިޔަނީ "ޖޭނަސް ކެޓްސް" އެވެ. އެފަދަ ބުޅާތައް މާ ގިނަ ދުވަހަކު ދިރިއެއް ނޫޅެ އެވެ.

އެފަދަ އެންމެ މަޝްހޫރު އެއް ބުޅާ ކަމަށްވާ ފްރޭންކަން ލުއީ 15 އަހަރު ދިރިއުޅުނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް