ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
މެމްބަރުން ހާޒިރުވާ ގަޑިއާއި މުސާރައާއި ގުޅުން އޮންނާނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުުން މަޖިލީހަށް ހާޒިރުވާ ގަޑިއާއި ލިބޭ މުސާރައާއި ގުޅުން އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ބަދަލެއް ގެނައުމަށް އާއްމު ކޮމިޓީގައި އެދޭކަމަށެވެ. 

މަޖިލީހުގެ މަސައްކަތް ފަށާގަޑިއަކީ 08:30 ކަމަށާއި، ޖަލްސާ ފަށާގަޑި އަކީ 09:00 ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ހާޒިރީގައި ސޮއި ކުރާއިރު މަޖިލީހަށް ހާޒިރުވާ ގަޑި ޖެހުމަށް އިތުރު ކޮލަމެއް ހެދުމަށް އާއްމު ކޮމިޓިގައި އެދޭނެކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން މަޖިލީހަށް ހާޒިރުވާ ގަޑިއާއި މުސާރައާއި ގުޅުން އޮންނާނެ ކަމަށެވެ.

ޖަލްސާ ބާއްވާ ގަޑިއާ ދުވަސްތަކާ އެޖެންޑާ އައިޓަމްތައް މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ މިންވަރަށް މެމްބަރުން މަޖިލީހަށް ހާޒިވުމަކީ މެމްބަރުން ކޮށްފައިވާ ހުވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް