ads
އަދީބު---
އަދީބަށް ކުރި ހަތް ދައުވާ ބާތިލު ކޮށް، މިނިވަން ކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލުކުރުމުން އޭނާ މިނިވަން ވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. 

އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު އެ އަޑުއެހުމަކީ ދައުވާތަކާ މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ. 

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޕީޖީ އޮފީހުން އަދީބާ އެކު ހަދާފައިވާ އިއުތުރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ގާޒީގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވަނީ ބޭސްފަރުވާއަށް ބޭރަށް ދެވޭނީ އިއުތިރާފް އެއްބަސްވުމުގައި ސޮއި ކުރުމުން ކަމަށް އޭރުގެ ޕީޖީ އައިޝަތު ބިޝާމް ވިދާޅުވި ކަމަށެވެ. 

މިއަދުގެ އަޑުއެހުމުގައި އެއްބަސްވުމާ ގުޅޭގޮތުން ގާޒީ ނިންމަވާފައިވަނީ އެ އެއްބަސްވުމަކި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އެއްބަސްވުމެއް ނޫންކަމަށެވެ. 

ބޭސްފަރުވާގެ ކަންކަމަކީ އެންމެނަށް އިސްތިސްނާއެއް ނެތި ގާނޫނު އަސާސީން ކަށަވަރުކޮށްދޭކަމެއް ކަމަށާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް އެފުރުސަތު ލިބެންޖެހޭނެ ކަމަށްވެސް ގާނޫނު އަސާސި އާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވާކަން ފާހަގަކޮށް މިއަދު އިއްޔެވި ހުކުމުގައި ބުނެފައިވަނީ ބޭސްފަރުވާއަށް ފޮނުވަން އެފަދަ ޝަރުތެއް ކުރުމަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމަށެވެ. 

މީގެ އިތުރުން މައްސަލަ ބައްލަވާ ގާޒީ ހުކުމުގައި ފާހަގަކޮށްފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މަައްސަލައިގެ ތަހުގީގު ގޯސްކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ އަމުރަށް ރިއާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައި އޮތްވައި ހަމަ އެ މައްސަލަތަކުގައި ދައުވާކޮށް ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށެވެ. 

މައްސަލަ ތަހުގީގު ކުރި ފުލުހުންގެ މައްސަލަ ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ މައްސަލައިގައި ކުރިން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެހެން އޮށްވާ ހަމަ އެ ފުލުހުންގެ އޮފިސަރުން ތަހުގީގުގައި ބައިވެރިކުރުމަކީ މުޅިން ގޯސްކަމެއްކަމަށާއި، އެ ޓީމްގެ އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށެވެ. 

ޕީޖީ ބިޝާމުގެ މައްސަލަ ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ، ޤާނޫނުން މަތިކޮށްފައިނުވާ ޒިންމާތަކެއް އަމިއްލަ އަށް ހަވާލުގެ ގާނޫނުގައި މަތިކޮށްފައި ނުވާ ކަންތައްތަކެއް ޕީޖީ ބިޝާމް ކޮށްފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް