ads
އަދީބު މައްސަލަ: ބިޝާމާއި އޭސީޕީ ރިޔާޒް ޤާނޫނާއި ހިލާފުވި ކަމަށް ކަނޑައަޅައިފި
އޭސީޕީ ރިޔާޒް ތަހުގީގުގައި ބައިވެރިވުން ގޯސް: ހުކުމް
ޕީޖީ ބިޝާމް އަމަލުކުރީ ގާނޫނީ އިމުގެ ބޭރުން: ހުކުމް
ބޭސްފަރުވާއަށް ފޮނުވާނީ އެއްބަސްވުމުގައި ސޮއި ކުރުމުންކަމަށް ބުނުމަކީ ޓޯޗާގެ އަމަލެއް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލިއިރު ހުކުމުގައި ގާޒީ ވަނީ ބޮޑެތި ކަންތައްތަކެއް ފާހަގަކޮށްފައެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ޕީޖީ ކަމުގައި އަދީބާއި ދެކޮޅަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވަނީ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު އެވެ. 

މާބިންހުރާ މައްސަލައިގައި މީގެ ކުރިން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބެލުމަށް އަންގާފައެވެ. އަދި އެމައްސަލައިގައި ތަހުގީގު ހިންގާފައިވަނީ މިނިވަންކަމާއި އެކު ނޫންކަމަށް ވެސް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. 

އިއުތިރާފް އެއްބަސްވުން: ޓޯޗާގެ އަމަލެއް!

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުުކުމުގައި ދައުލަތުން އަދިބާއި އެކު ވެފައިވާ އެއްބަސްވުމާއި މެދު ގޮތެއް ނިންމާފައިވެ އެވެ. އެގޮތުން ހުކުމުގައި ބުނެފައިވަނީ، އެ އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އެއްބަސްވުމެއް ނޫންކަން އެނގެން އޮންނަކަމަށެވެ. 

މީގެ އިތުރުން އެ އެއްބަސްވުމުގެ ދެވަނަ މާއްދާގައި ދައުލަތުން އަދީބަށް ދޭ ލުއިގެ ގޮތުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައިވާކަމަށާއި، އެހެެން ނަމަވެސް ބޭސްފަރުވާއަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤަކަށް ވީހިނދު އެ އަމަލަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލޭ އަނިޔާގެ އަމަލެއްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭކަމަށް ހުކުމުގައި ވެއެވެ. އަދި ގައިދީން ބޭސްފަރުވާއަށް ފޮނުވުމުގެ ކަންކަމަކީ ޕީޖީގެ މައްސޫލިޔަތެއް ނޫންކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. 

ބިޝާމް އަމަލުކުރީ ޤާނޫނީ އިމުގެ ބޭރުން!

މިއަދުގެ ހުކުމްގައި ބުނެފައިވަނީ އަދީބާއި އެކު ދައުލަތުން ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ އެއްވެސް ޤާނޫނީ ބާރުވެރިކަމެއްނެތް އެއްބަސް ވުމެއްކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވާލި ގޮތެއް ސާފުނުވާކަމަށް ވިދާޅުވި އެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި އޮތީ ކުރީގެ ޕީޖީ ބިޝާމާއި އޭސީޕީ ރިޔާޒްކަން ފާހަގަކޮށް ހުކުމުގައި އެ ތަހުގީގަކީ އޭސީސީ އާއި ރިޔާސީ ކޮމިޝަންގެ ބައިވެރިވުން އޮތް ތަހުގީގެއް ކަން ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައި ވަނީ ގާނޫނު ނުދަންނަ ގޮތަކަށް ކަމަށާއި، އަދި އެކަމުގައި ހިމެނޭ ފަރާތްތައް ޤާނޫނާއި ހިލާފު ވެފައިވާކަމަށް ވެސް ކަނޑައަޅާފައިވެއެވެ. 

މީގެ އިތުރުން އެއް މައްސަލައެއްގައި ދެފަހަރަށް އަދަބު ނުދިނުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްޤެއްކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ދެ ފަހަރަށް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވަނީ އެ ހައްގު ގެއްލޭ ގޮތަށްކަމަށެވެ. 

އޭސީޕީ ރިޔާޒް އަމަލުކޮށްފައިވަނީ ޤާނޫނީ އިމުގެ ބޭރުން!

މި މައްސަލައިގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒެވެ. 

ރިޔާޒާއި ގުޅޭގޮތުން ހުކުމުގައި ފާހަގަކޮށްފައިވަނީ، އަދީބުގެ މައްސަލައިގައި ކުރިން ތަހުގީގު ހިންގާފައިވަނީ މިނިވަންކަމާއި އެކު ނޫންކަމަށް ކަނޑައަޅާފައިވަނިކޮށް އެ އޮފިސަރުން ތަހުގީގުގައި ބައިވެރި ކުރުމަކީ މުޅިން ގޯސްކަމެއްކަމަށެވެ. 

މީގެ އިތުރުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ޕީޖީ ބިޝާމްގެ އިތުރުން އޭސީޕީ ރިޔާޒް ސޮއިކޮށްފައި އޮތް އޮތުމަކީ ޤާނޫނީ ނިޒާމުން ބޭރުން މިކަންކަން ކުރުމުގައި ޕީޖީ ބިޝާމާއި އެކު އޭސީޕީ ރިޔާޒް ބައިވެރިވެފައިވާކަން އެނގޭކަމެއްކަމަށް ޝަރިއަތުން ދެކޭކަމަށް ހުކުމުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް