ads
އަދީބުގެ މައްސަލަތައް ބާތިލުކުރުމުން އިސްތިއުނާފް ކުރަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލު ކުރުމުން އެ މައްސަލަތައް އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. 

އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައެވެ. 

އެމައްސަލައާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު ހިންހަމަ ނުޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިއަދު ނުވަތަ މާދަމާ ހެނދުނު އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ. 

ޕީޖި ޝަމީމް ވިދާޅުވި އިއުތިރާފް އެއްބަސްވުން ތަކުގެ މައްސަލަތައް ކުރިއަށް ގެންދާނޭގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެގޮތަށް ނޫންކަމަށެވެ. އެހެން ކަމުން ހައިކޯޓުގައި އިސްތިއުނާފް ކުރާނޭ މައިގަނޑު އެއް ނުކުތާއަކީ އެއީ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް