ads
މިނިސްޓަރު މުހައްމަދު އަސްލަމް--
ނައިފަރުގެ ނަރުދަމާ މަޝްރޫގެ އެއްބަސްވުން އުވާލީ މަސައްކަތް ލަސްވުމުން: މިނިސްޓަރު އަސްލަމް
ޅ. ނައިފަރުގެ ނަރުދަމާ މަޝްރޫއުގެ އެއްބަސްވުން އުވާލަން ޖެހުނީ އެއްބަސްވެފައިވާގޮތަށް މަސައްކަތް ނިންމަންދިން މުއްދަތައް ނުނިމި ލަސްވުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ނައިފަރުގެ ނަރުދަމާގެ މަޝްރޫގެ އެއްބަސްވުން އުވާލި މައްސަލައިގައި އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއްބަސްވުން ހަވާލުކުރެވިފައިވަނީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. އެގޮތުން 2019 ޖެނުއަރީ ތިން ވަނަ ދުވަހާއި ހަމައަށް މަސައްކަތް ނިންމަންޖެހޭނެ ކަމަށާއި، އެހެން ނަމަވެސް ތިން ފަހަރެއްގެ މަތިން ކޮންޓްރެކްޓްގެ މަސައްކަތް ލަސްވެ އިތުރަށް ވެސް ދުވަސް ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މަސައްކަތުގެ ކޮޓްރެކްޓް އުވާލި އިރު ނިމިފައިވަނީ 78 އިންސައްތަ ކަމަށާއި މަސައްކަތުގެ ސްޕީޑް ލަސްވެގެންނާއި މަސައްކަތުގެ ކޮލިޓީގައި ހުރި މައްސަލަތަކެއްގެ ސަބަބުން 22 ފަހަރު އެކަންކަން ފާހަގަކޮށްފައިވާކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކޮންޓްރެކްޓްގެ މަސައްކަތް ލަސްވެގެން ދިން އިތުރު މުއްދަތަށްވުރެއް އިތުރަށްވެސް ދުވަސް ނެގުމުން އިތުރު ވަގުތު ދެވެން ނެތިގެން ކޮންޓްރެކްޓްގެ ޓާމިނޭޝަން ކްލޯޒްގައި ބުނާގޮތަށް ކްންޓްރެކްޓް ނިމުމަކަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ކުރިއެރުމެއް ނުފެނި އަދި އެކަން ރަނގަޅު ކުރުމަށް އެންގުމުން ކަންކަން ރަނގަޅު ކުރިތަން ފެނިފައި ނުވާތީ ލެޓާއޮފް ވާނިން 2019 ޑިސެމްބަރުގައި ދީ އެމަސައްކަތުގެ މަސައްކަތަށް ކުރިއެރުމެއް ނައުމުން އެއްބަސްވުން އުވާލީ ކަމަށެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓް ޓާމިނޭޓް ކުރީ އެނޫން ގޮތެއް ނެތިގެންކަމަށާއި އޮޕިޑާއި އެކު މަޝްވަރާ ކުރުމަށްފަހު އެ މަސައްކަތް އެމްޑަބްލިއުއެއްސީއާއި އެކު މަސައްކަތްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ނުވައެއް ޖުލައިގައި ޕްރޮޕޯސަލްއެއް އެމްޑަބްލިއުއެސްއީން ދީފައިވާ ކަމަށާއި ރިވައިޒް ކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި، އެކަންކަމަށްފަހު ލޯނަށް ހުށަހަޅާ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މެމްބަރު ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުގެ އަތުން ރަށުގަ އޮތް ކަރަންޓް ވިއުގައަށް ގެއްލުން ލިބުން ފަދަ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް