ads
ފްލެޓުތަކުގެ އަގުގެ މައްސަލާގައި އަސްލަމާއި މުއިއްޒު ކޯޅެނީ!
ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އަގު ބޮޑުކޮށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި މިހާރުގެ ހައުސިން މިނިސްޓަރު އަސްލަމް ހާޒިރުކޮށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އަސްލަމް ވިދާޅުވީ ޗައިނާ ސްޓޭޓް ކުންފުންޏާ ހަވާލު ކޮށްފައި އޮތީ 434 މިލިއަން ޑޮލަރުގެ މަޝްރޫއެއް 6720 ޔުނިޓު އެޅުމަށް ކަމަށެވެ.

އޭގެ ތެރޭގައި އެތެރޭގެ ދޮރު ހަރުކުރުމެއް ނެތްކަމަށާ ތަށީމުށި ޖެހުމައި ފަންކާ ހަރުކުރުމެއްވެސް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފިނިޝިން މަސައްކަތްތައް ނުނިންމާ ހަވާލުކުރުން އެއީ މިސަރުކާރުން ގެނައި ބަދަލެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވިގޮތުގައި މުޅި ހިޔާ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި އަގު ބޮޑުކޮށް ކަމަށެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރު އަސްލަމް ފާހަގަ ކުރައްވާ ވިދާޅުވީ ބައެއް ކުންފުނިތަކުން ފްލެޓެއް 52،000 ޑޮލަރަށް އަޅަން ހުށަހަޅާފައިވާކަމަށާ އެކަމަކުވެސް ޗައިނާ ސްޓޭޓް ކުންފުންޏާ ހަވާލުކުރީ އަގުބޮޑުކޮށް ފްލެޓަކަށް 62،000 ޑޮލަރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ ކޮންމެ ޔުނިޓަކަށް ޖެހެނީ 956040 ކަމަށާ މިއީ އާދަޔާ ހިލާފަށް ބޮޑު ރޭޓެއް ކަމަށެވެ. މީގެ އިތުރުން އެޕާޓްމަންޓްތަކުގެ ފިނިޝިން ނުނިންމާ ރައްޔިތުންނާ ހަވާލުކުރާގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މި ފްލެޓް ތަކުގެ ބީއޯކިޔުއެއްވެސް ނެތް ކަމަށާ މިއީ މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ އުސޫލު ނޫންކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

8.7 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައި 570 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓް މަންޓަކަށް 62000 ޑޮލަރު ދީފައި ވަންނަ އިރު އެތަނުގެ ބޭރު ދޮރު ފިޔަވާ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރުތޯ މެމްބަރު ސަލީމް ވަނީ ޑރ. މުއިއްޒުއާއި ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އަގު ހަދާފައިވާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއްވެސް ހިމަނާފައި ކަމަށެވެ. ދެން މިސަރުކާރުން ބޭރު ދޮރު އެކަނި ހަރުކޮށްފައި ދިނުމަކީ ކުރީ ސަރުކާރު ޒިންމާ ވާން ޖެހޭ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވީމާ ކުރީ ސަރުކާރުން ރާވާފައި އޮތްގޮތަށް މިސަރުކާރުން ނިންމެވި ކަމަށްވާނަ އެއީ ހައްގު މިންވަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ފްލެޓް މިދެނީ އެއްބައި އުނިކޮށް ކުރީ ސަރުކާރުން ކަނޑައަޅަފައި އޮތް އަގަށްވުރެ ބޮޑުކޮށް ކަމަށާ އެހެންވީމާ އެއީ ހައްގު މިންވަރު ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވުމުން 18 މާޗް 2016 ގައި ހިޔާ ފްލެޓްތަކުގެ މަސައްކަތްކުރާ ޗައިނާ ސްޓޭޓް ކުންފުނިން ރައީސް އޮފީހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ފޮނުވާފައިވާ ސިޓީއެއްގައި ފްލެޓްތަކުގެ އަގު ހަދާފައިވަނީ އެތެރޭގައި ދޮރު ހަރު ނުކުރުމާ ޓައިލްސް ޖެހުން ނުހިމަނާ ކަމަށް ސަލީމް ވިދާޅުވެ އެސިޓީ ވަނީ މުއިއްޒުއަށް ދައްކަވާފައެވެ.

މުއިއްޒު ވިދާޅުވީ އެފަދަ އެތައް ސިޓީއަކުން މަޝްރޫއުގެ މުއާމަލާތުތައް ހިނގާފައިވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް