ads
ލިބުނަސް ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުނިކުންނާނަން: އަދުރޭ
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުމުގެ ޝައުގުވެރިކަން އެއްވެސް ވަރަކަށް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރެން ތައްޔާރަށް އޮތްއިރު އެމަނިކުފާނު މިނިވަންވާނެ ކަމަށް ބަލައި ޕްލޭން ބީއަށް ވެސް ނުވިސްނާ ކަމަށެވެ.

އަދި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް ފުރުސަތު ލިބުން ނަމަވެސް އެކަން ނުކުރާނެ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއް ވެސް ޝައުގުވެރިކަމެއް ވެސް ނެތޭ އަދި ނުވެސް ނިކުންނާނަމޭ،"

ރައީސް ޔާމީން މިނިވަންކުރަން އިދިކޮޅުން މަސައްކަތް ނުކުރާ ކަމަށާއި އިދިކޮޅުން ދައްކަމުން ދަނީ ހުސް ވާހަަކަ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި ނަމަވެސް އެކަން އަބްދުއްރަހީމް ދޮގު ކުރައްވަ އެވެ. އަދި ވިދާޅުވީ އެފަދަ ތުހުމަތުތައް އޭނާގެ މައްޗަށް ކުރަމުން ގެންދަނީ ރައީސް ޔާމީން ދޫކޮށް ނުދާނެކަން އެ ވާހަކަ ދައްކާ މީހުންނަށް އެނގޭތީ ކަމަށެވެ. 

އަދި އެކަމަކީ އިދިކޮޅު ބައިބައި ކޮށްލުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއް ކަމަށާއި އެކަމަކު ޕީޕީއެމް/ ޕީއެންސީ ލީޑާޝިޕް ބައިބައިކޮށްލެވޭނެ އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މި ދަންނަވަނީ ވަރަށް ކެރިންގެން ސާބިތުކަމާއެކީގަ. މި ރާއްޖޭގަ ރައީސް ޔާމީން މިނިވަންކުރަން ބޭނުންވާ އެކަކު ހުރި ކަމަށް ވިއްޔާ އެމީހަކީ އަޅުގަނޑު،"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް