ads
އަހްމަދު އަބްދުﷲ - ލިލީ
ލިލީވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި
މާޒިޔާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ވެސް އަންނަ ސީޒަންގައިވެސް މާޒިޔާގައި މަޑުކުރަން އެއްބަސްވެ، ކޮންޓްރެކްޓް ހަދައިފިއެވެ. ލިލީ ސޮއިކުރިކަން މާޒިޔާއިން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ.

ކުރިން ނިއު އަދި ޓީސީއަށް ކުޅެފައިވާ، އަދި ގައުމީ ޓީމުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ހިމެނުނު އިތުބާރު ޑިފެންޑަރު ލިލީ އެއްވަނަ ޑިވިޝަންގައި ކުޅެން ފެށީ މީގެ ދިހަވަރަކަށް އަހަރު ކުރިން ނިއުރޭޑިއަންޓުންނެވެ. ނިއުއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ލިލީ ހޯދިއެވެ. އަދި އޭއެފްސީ ކަޕުގައިވެސް ލިލީ ވަނީ ރަނގަޅު ކާމިޔާބެއް ހޯދާފައެވެ.

2009 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި 2015 ވަނަ އަހަރުގެ ނިޔަލަށް ނިއުއަށް ކުޅުމަށް ފަހު 2016 ވަނަ އަހަރު ލިލީ ކުޅުނީ ޓީސީއަށެވެ. އޭނގެ ފަހުން އަނެއްކާވެސް 2017 ވަނަ އަހަރު ނިއުއާ ގުޅުމަށް ފަހު ލިލީ މާޒިޔާއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ.

އަންނަ ސީޒަންގައިވެސް މާޒިޔާއަށް ކުޅެން ލިލީ ނިންމާފައިވާއިރު، އަންނަ ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް