ads
ސުލްތާނުގައި މަސައްކަތްކުރަން އެއްބަސްނުވުމުން ކަންގަނާއަށް އިންޒާރުދިން!
މީގެ އަހަރުތަކެއް ކުރިން ބޮލީވުޑުގެ ތަރި ސަލްމާން ހާނާއެކު، "ސުލްތާން" ގައި މަސައްކަތް ކުރަން ނޫނެކޭ ބުނުމުން އަދިތުޔާ ޗޯޕްރާ އިންޒާރުދިން ކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު ފިލްމު "ސުލްތާން" ގައި ސަލްމާންއާއެކު ފެނިގެންދިޔައީ އަނުޝްކާ ޝަރްމާ އެވެ. އެފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ވެސް ލިބުނެވެ. 

ކަންގަނާ ބުނާ ގޮތުގައި އެންމެ ފުރަތަމަ ހުށަހެޅުން އައީ އޭނާއަށެވެ. އެގޮތުން ޑިރެކްޓަރު އޭނާގެ ގެއަށް އެންމެ ފުރަތަމަ އައިސް ސްކްރިޕްޓް ކިޔައިދިން ކަމަށާއި ފަހުން އަދިތުޔާއަށް ބައްދަލުކޮށް އޭނާގެ ކައިރީ ފިލްމުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ މައާފަށް އެދިފައިވާ ކަމަށެވެ. އެގޮތުން އޭރު ވެސް އެކަމާއި އަދިތުޔާ މާބޮޑު ނުރުހުމެއް ފާޅުނުކުރާ ކަމަށް ބުނެ ކަންގަނާ ވަނީ ފަހުން އޭނާއަށް ނޫނެކޭ ބުނުމަށް އޭނާގެ ލަދު ހަޔާތް ކޮބާތޯ ބުނެ މެސެޖް ކޮށްފައި ކަމަށެވެ. އަދި އޭނާގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ މެސެޖު ވެސް ކުރި ކަމަށް ބުންޏެވެ. 

ކުއީންގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ކަންގަނާ އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސެއް ވެސް ހިންގަމުންނެވެ. 

ފިލްމު އުފެއްދުންތެރިންނަށް އެހާ ބޮޑަށް އޭނާ ފާޑުކިޔަން ފަށާފައި ވަނީ މިދިޔަ މަހު އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތު އަމިއްލައަށް މަރުވި ފަހުންނެވެ. އެގޮތުން އެކަން ދިމާވީ ބޮލީވުޑުގައި އޮންނަ ނެޕޮޓިޒަމްގެ މައްސަލައާ ގުޅިގެން ކަމަށާއި ފިލްމު އުފެއްދުންތެރިން ވެސް ވަކި ބަޔަކަށް މަސައްކަތްދޭތީ ކަމަށް ބުނެ ކަންގަނާ ވަނީ ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް