ads
ފޮޓޯ: ސްޓެލްކޯ--
ސްޓެލްކޯގައި ނުވަ ޒުވާނުންނާއެކު ތަމްރީން ޕްރޮގްރާމެއް ފަށައިފި
މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިންޖީނިއަރިންގް އާއި ބިޒްނަސްގެ ދާއިރާއިން ކުރިޔަށް ދިއުމަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އޭގެ ތެރެއިން ޝަރުތުހަމަވާ އަދި އެކުންފުންޏާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި 9 ޒުވާނަކަށް ކަމަށް ސެޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ފަސް މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ހާއްސަ އިސްކަމެއްދެއްވައިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ސްޓެލްކޯގެ މަސައްކަތްތައް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ އިތުރުން މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމަށްވެސް ބުންޏެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ސްޓެލްކޯ ހޮވިފައިވާކަމަށާއި ރައްޔިތުންނާއި ސީދާ ގުޅުންހުރި މުހިންމު މަސައްކަތްތަކެެއް ކުރާ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތްކޮށް، ތަޖުރިބާތަކެއް ލިބިގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އިލްތިމާސްކޮށްފަ އެވެ.

"މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ. ކާމިޔާބު މީހަކަށް ވުމަށްޓަކައި، ގަދައަޅާ މަސައްކަތްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ކަމަށް ކަމޭހިތައިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބިގެންދާނެ" މުޢުނީ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއްދޭން ވަނީ ނިންމާފަ އެވެ. އަދި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތުވެސް ހަމަޖެހިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް