ads
ކުޑަކުދިންގެ ހިޔާ--
ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިންޑިއާގެ ކޮޗިންއަށް ބޭސް ފަރުވާއަށް ދަތުރުކުރުމަށް ފަހު އެނބުރި ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިމަހުގެ ހަ ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ބޭސް ފަރުވާއަށް ދަތުރުކުރުމަށް ފަހު ޖޫން މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ދެ ކުދިންގެ ތެރެއިން ކުއްޖަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އުމުރުން 12 އަހަރުގެ އެ ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއްކަމުންނާއި، އޭނާގެ ބަލީގެ ބާވަތުން، އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން ރާއްޖެއަށް އެނބުރި އައުމުން އެކުއްޖާ ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުޑަކުދިންގެ ހިޔާގައި ކަރަންޓީން ކޮށްފައި ކަމަށާއި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ލިބުނު ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ވެސް ޖެންޑާ އިން ބުނެ އެވެ.

އެކަމަކު ކުއްޖާގެ އިތުރު މައްސަލަތަކެއް ކުރިމަތިވެ، މިމަހުގެ 18 ވަނަ ދުވަހު އޭނާ ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައި ކަމަށާއި އެ ހޮސްޕިޓަލުން އިރުޝާދު ދީފައިވަނީ އިތުރު ފަރުވާ ކުރުމަށް ކުއްޖާ އައިޖީއެމްއެޗަށް ދެއްކުމަށް ކަމަށާއި އެގޮތުން އެ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، ރޭ ހެދި ކޯވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން، އެ މިނިސްޓްރީން މިހާރު ގެންދަނީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށާއި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަގީންކަންދޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި، ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ވެސް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް