ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
ކަރަންޓް ބިލް ކުޑަކުުރުމަށް ކުރަންވި ކަމަކީ، އިގްތިސާދު!
ކަރަންޓް ބިލް ކުޑަކުރުމަށް ދަސްކުރަންވި ކަމަކީ އިގުތިސާދު ކުރުން ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަން ފެށުނީންސުރެ ބިލްތައް ހާހުން ބޮޑުވާކަމުގެ ޝަކުވާތަށް ގިނަވެފައިވާ ދަނޑިވަޅެއްގައި، ކަރަންޓުގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެނަޖީ އޮތޯރިޓީ އާއި އެންވަޔަރުމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓްލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ، އަންނަމުންދާ ތަރައްގީ އައި ގުޅިގެން އިލެކްޓްރިކަލް ސާމާނު ބޭނުންކުރުން އިތުރުވެފައިވާ ކަމަށެވެ. އެކަމާގުޅިގެން ކަރަންޓް ބޭނުންކުރާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޖެނަރަލް މެނޭޖަރު ހުސެއިން ވިދާޅުވީ ކޮވިޑް-19 އަށް ފަަހު ބިލްތަށް ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާކަމުގެ ޝަކުވާތައް އަންނާތީ ގާތްގަނޑަކަށް މާލޭގެ 700 އެއްހާ ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަނަށް ގޮސް ސާވެއް ހަދާފައިވާނޭކަމަށެވެ. އެގޮތުން ބެލި ބެލުމުން ކަރަނަްޓް ބިލްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި ފާހަގަ ކުރެވެނީ އަދިވެސް ހުރީ މެއި، އަދި ޖޫންގެ ޕެޓާންތަށް ކަމަށެވެ. 

ކޮންޒަޕްޝަން ޕޭޓާނަށް މާބޮޑު ބަދަލެއް އައިސްފަ ނުވާކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންދާޒާކުރެވޭ ގޮތުން ޖުލައި މަހުގެ ބިލްވެސް ބޮޑުވާނެކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ބޮޑު އެދުމަކީ ކަރަންޓު ބޭނުން ކުރާއިރު  ބޭނުންވާވަރަށް ވުރެ އިތުރަށް ބޭނުން ނުކުރުންކަމަށާއި އިގްތިސާދު ކުރަން ދަސްކުރުން މުހިންމު ކަމަށެވެ.

ކަރަންޓް ބޭނުންކުރާއިއިރު އިސްރާފު ކުޑަކުރުމުގައި ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަންކަން އެބަ ހުރިކަން ފާހަގަ ކުރައްވާ މޯލްޑިވްސް އެނާޖީ އަތޯރިޓީގެ ޑިރެކްޓަރު މުއާވިއަތު ޝަރީފް ވިދާޅުވީ އާންމުކޮށް ދިއްލާފަ ހުންނަ ތަކެތި ނުވަތަ ބޭނުންކުރާ އާލާތްތަށް ބޭނުންކޮށް ނިމުމުން ނިއްވާލާ، ޓެންޕަރޭޗާ ސެޓިން ރަނގަޅު ކޮށްލުން މުހިންމުކަމަށެވެ. 

އާންމުކޮށް ގިނަ މީހުންނަށް އޭސީ ފަދަ ތަކެތީގެ ޓެންޕަރޭޗާ ބެހެއްޓެނީ ދަށްވެގެން 22 ނުވަތަ 21 ޑިގްރީގައިކަން ފާހަގަކޮށް އޭގެބަދަލުގައި 25 ގައި ބެހެއްޓުުމުން ރާއްޖޭގެ ކުލައިމެޓްގައި އަރާމް މިންވަރަކަށް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ހަދަން ޖެހެނީ ގިނައިން ކޮމްޕްރެސަ ޖެހޭވަރަކަށް ގިނައިން ލޯޑް ނަގަމުން ދާނެތީކަން ވެސް ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް