ads
ކަނޑުގަދަ ދުވަހެއް---ފޮޓޯ:ވީނިއުސް
ކަނޑުތައް ގަދަވުމުން، އުދައަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފި
ރާއްޖޭގެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް ބުނެ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނި މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އާއި ރ. އަތޮޅާ ދެމެދަށާއި ގއ. އިން ފެށިގެން އައްޑޫއާ ހަމައަށެވެ.

މެޓުން ބުނީ ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކަނޑު ގަދަވާނެ ކަމަށް ބެލެވޭތީ އާއި ރާޅުގައި ތިން ފޫޓާއި ހަ ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ބެލެވޭތީ ކަމަށް އެއިދާރާއިން ބުނެ އެވެ. އަދި ދަތުރުފަތުރު ކުރާ މީހުން ސަމާލުވުމަށް ވެސް އެއިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

މި ދުވަސްކޮޅު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންނެވެ. މިގޮތުން މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް އިއްޔެ ވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓު ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް