ads
ފޮޓޯ: ފެނަކަ
ފެނަކައިގެ ބިލްތައް ހަމަޖެއްސުމަށް "ކަލެކްޝަން ޑޭ" ހަރަކާތެއް ހިންގައިފި
ފެނަކައިގެ ބްރާންޗްތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންދާ ހިދުމަތްތަކުގެ އަގު ހޯދުމަށް "ކަލެކްޝަން ޑޭ" ގެ ނަމުގައި ރަސްމީ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭ ގޮތަށް ހިންގުނު އެ ހަރަކާތަކީ މިއަދު ހެނދުނު 08:00 އިން ހަވީރު 18:00 އާއި ހަމައަށް ކުރިއަށްދާނެ ހަރަކާތެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ފެނަކައިން ނެރުނު ނޫސް ބަޔާނުގައި މބުނެފައިވަނީ ފެނަކައިން ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ކަރަންޓް ބިލުތަކަށް ފައިސާ ނުދެއްކޭ ފަރާތްތަކާއި ބައްދަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް ހިމެނެއެވެ. އަދި ފައިސާ ނުދެއްކިފައިވާ ސަބަބު އޮޅުންފިލުވުމަށްފަހު، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތަކަށް ވީ އެންމެ އަވަހަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ގޮތެއް ހޯދޭނެ ކަމަށް އެ ފެނަކައިން ބުނެއެވެ.

މީގެ އިތުރުން "ކަލެކްޝަން ޑޭ" ގެ ދަށުން ފެނަކައިން ދާދި ފަހުން ތައާރަފް ކޮށްފައިވާ "ބިލް-ޕޭ އެޕްލިކޭޝަން" މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމަށް ކަސްޓަމަރުން އަހުލުވެރިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބިލް-ޕޭ އެޕް ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދީ އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތްތައްވެސް އެ ހަރަކާތުގެ ދަށުން ކުރިއަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނީ ފެނަކައަށް ލިބެންޖެހޭ ފައިސާ ލިބެންދެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ސިފަސިފައިގައި ބްރާންޗްތަކުން އެ ހަރަކާތް ކުރިއަށް ގެންދާނެ ކެމެވެ.

ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހަމަމިއާއެކު އެކި ކުންފުންތަކަށް އަސަރުކޮށް، މާލީ ގޮތުން ދަތިކަން ދިމާވެފައިވާ ފަރާތްތަށް ގިނައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް