ads
މިއަދު ފުރި ބިދޭސީން--
އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
ރާއްޖޭގައ ިތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާންބޭނުންވެފައި ތިބި ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ފަސޭހަގޮތްތަކެއް ހަމަޖައްސައިދީފި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ކޮވިޑް-19 އަށް ފަހު ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީ އެފަދަ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު އެނބުރި ގައުމަށް ދެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތަށް ފުރައިގެންދާން ބޭނުންވާ ފަރާތްތަކުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮންނަންޖެހޭނެ ކަމަށާއި، އަދި އެފަރާތަކީ އެއްވެސް ސަބަބަކާ ލައިގެން ރާއްޖެއިން ފުރުން މަނާކުރެވިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި އެގޮތަށް އަމިއްލަ ގައުމަށް ދާންބޭނުންވާ ފަރާތްތަކުން 24 ޖުލައި އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ. 

ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ، IM07 ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއާޕޯޓް އިމިގްރޭޝަނަށް ހުށަހެޅުމުންކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމުގައި ވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް