ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފި
ރާއްޖޭގެ ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ.

އެ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އަށެވެ. އެއާއެކު ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރާނީ އާއްމު ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.

ކުރިން އޮންނަ ގޮތުން ނަމަ، ކައުންސިލް ރައީސުންނާއި މޭޔަރުން ހޮވަނީ އެ ކައުންސިލަކަށް އިންތިހާބު ކުރެވޭ މެމްބަރުންގެ ތެރޭގައި ނެގޭ ވޯޓަކުންނެވެ.

އޭގެ އިތުރުން ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ކަމަށް މިހާރު ވަނީ ބަދަލުވެފަ އެވެ. ކުރިން ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރެވެ.

އެ ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެއާއެކު އަންނަ އަހަރުގެ އޭޕްރިލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަމަލު ކުރާނީ އިސްލާހުތަކާއި އެއް ގޮތްވާ ގޮތުގެ މަތިންނެވެ.

މި އިސްލާހުތަކުގެ އިތުރުން ވެސް ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކައުންސިލްތަކުގެ 33 އިންސައްތަ މީގެ ފަހުން ހާއްސަ ވާނީ އަންހެނުންނަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް