ads
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް--
ފްލެޓުގެ ވާހަކަ ދެއްކޭނީ ފްލެޓް އެޅި މީޙުންނަށް: ޝިޔާމް
ފްލެޓްތަކާއި ގުޅޭ ވާހަކަ ދެއްކޭނީ ފްލެޓު އެޅި މީހުންނަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިއްޕަވައިގެން ހުންނެވި ޕޯސްޓަރަކާއި ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ ބައެއް ފަރާތްތަަކުން އަންނަނީ ރައްދުދެމުންނެވެ. ޕޯސްޓަރުގައި ވަނީ "ފްލެޓް ފޭރޭ ސަރުކާރު 7000 ފްލެޓް ކާލައިފި" މިހެން ލިޔެފަ އެވެ. 

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އާންމުވި އެ ފޮޓޯއާ ގުޅިގެން އަންނަނީ އެ ވާހަކަ ދައްކަން ދައްކަން އެބޭފުޅުން ރަނގަޅު ނޫން ކަމަށް ބުނަމުންނެވެ. 

ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެކަމާއި ގުޅިގެން ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މުއިއްޒު އެޕޯސްޓަރު ހިއްޕަވައިގެން ހުންނެވި ވަގުތު ހިތަށް އެރީ ތަސްވީރެއް ހުރަހާލަން އެ މަންޒަރު ވަރަށް ފުރިހަމަވާނެ ކަަމަށެވެ. އަދި ހަމަ އެވަގުތު އެމްޑީޕީ ސަރުކާރަށް "ހަޖަމް" ކުރަން އެހާ ފަސޭހަވާނެ ތަސްވީރަކަށް އެކަން ނުވާނެ ކަމަށް ވެސް ހިތަށް އެރި ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"އެހެން ނޫނަސް ފްލެޓް އެޅި ބަޔަކަށްތާ ފްލެޓްގެ ވާހަކަ ދެއްކޭނީ،" ޝިޔާމް ވިދާޅުވި އެވެ. 

މި ސަރުކާރުން ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ގިނަ ވައުދުތަކަކާއެކު ނަމަވެސް މިހާތަނަށް މާލެ ސަރަހައްދުގައި ފްލެޓު އެޅުމުގެ މަސައްކަތް ފަށާފައި ނުވާތީ އިދިކޮޅުން ސަރުކާރަށް ފާޑުކިޔަ އެވެ. އަދި އޭރުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފްލެޓު އެޅިއިރު މި ސަރުކާރުން އެ ފްލެޓުތައް ހައްގުވެރިންނަށް ދޫކުރަން ލަސްވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް