އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސައްހަ ޕާސްޕޯޓަށް ބަދަލު ގެނެސްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.
އެކަމަކު އެއީ ކޮން ގައުމަކުން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހެއް ކަމެއް ނުބުނެ އެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، އަތުލައިގެންފައި ވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ވަގު ޕާސްޕޯޓްގައި އެތެރެވާން މަސައްކަތްކުރި މީހުން އަތުލައިގެންފައިވެ އެވެ.