ads
ފުލުހުން މުޒާހަރާގެ ބައިވެރިން ދުރުކުރަނީ--
ނޫސްވެރިންނަށް ހުރަސް ނޭޅުމަށް އެމްއެމްސީން ގޮވާލައިފި
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ގޮވާލައިފި އެވެ.

އެމްއެމްސީން މިފަދައިން ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއެޅި މައްސަލައިގަ އެވެ. 

އެކަމާއި ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަމަ ހަމަކަމާއި އިންސާފުވެރި ކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރުމުގެ ފުރުސަތު މީޑިއާ އާއި ނޫސްވެރިންނަށް ލިބޭކަން ކަށަވަރު ކުރުމަކީ އެ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން އެއްވެސް މުއައްސަސާއަކުން މިނިވަން ނޫސްވެރިކަމާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުން ބަލައި ނުގަންނާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން އެމްއެމްސީން ވަނީ މީޑިއާތަކާއި ނޫސްވެރިންވެސް ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށް ހަނދާންކޮށްދީފައެވެ. އަދި އެގޮތަށް މުޒާހަރާ ކަވަރު ކުރުމަށްދާ ނޫސްވެރިން ބްރޮޑްކާސްޓިން ކޮމިޝަނުން ދޫކުރާ ހާއްސަ ފާސް އަޅައިގެން އެއްވުންތައް ކަވަރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް