ads
ފޮޓޯ:--
މާލޭގައި ހިންގާ ކޮންމެ މާރުކޭޓެއްވެސް ހުއްޓުވޭނެ
މާލޭގައި ހިންގާ މާރުކޭޓްތައް ހުއްޓުވުމުގެ ބާރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ފުލުހުންނަށް އޮންނާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔާ ޝިފާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކައުންސިލުން ހުއްދަ ދީގެން މާލޭގައި ހިންގާ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި އަދި ދަތުރުވެރިންގެ މާރުކޭޓު ދިވެހިންނަށް ހިންގުމުގެ ފުރުސަތު ދީފައިވާ ކަމަށާއި މުޅި މާލޭގައި ހިންގަމުން އަންނަ މާރުކޭޓުތަކަކީ ކައުންސިލުން ހުއްދަ ދީގެން ހިންގާ ތަންތަން ނޫން ކަމަށެވެ.

ޝިފާ މިހެން ވިދާޅުވެފައިވަނީ  ކުދި މާރުކޭޓްތައް ހުޅުވައިގެން ބައެއް ފަރާތްތަކުން ވިޔަފާރި ކުރަމުން އަންނާތީ، ބޮޑެތި މާރުކޭޓްތަކުގެ ވެރިންނަށް ގެއްލުން ލިބެމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންޑާ ވަގުތެއްގައެވެ.

"ކައުންސިލުން ހުއްދަ ދީގެން ހިންގާ މާލޭގައި ހުރި ހަމައެކަނި ލޯކަލް މާރުކެޓް، މަސްމާރުކެޓް، ދަތުރުވެރިންގެ މާރުކޭޓު މި ތަންތަން ދިވެހިންނަށް ހިންގުމަށް މިވަނީ ފުރުސަތު ދެވިފަ. މުޅި މާލޭގައި މާރުކޭޓު ހިންގަނީ ކައުންސިލް ހުއްދަ ނަގައިގެންނެއް ނޫން. އެތަންތަން ހުއްޓުމުގެ ބާރު ފުލުހުންނަށާއި އެޗްޕީއޭއަށް އޮންނާނެ." ޝިފާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މާރުކޭޓްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ބޮޑު މާރުކޭޓުންވެސް ފެނިގެން ގޮސްފައިވާ މަންޒަރުތަކަށް ބަލާއިރު ދިވެހިންނަށްވުރެ ގިނައިން ބިދޭސީ ފަރާތްތަކުން މާރުކޭޓް ހިންގުމާއި ހަވާލު ވެގެން ތިބެއެވެ. އެހެން ނަމަވެސް އެ ފުރުސަތު ދިވެހިންނަށް މިހާރު ވަނީ ފަހިކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް