ads
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ތަރައްގީ ގެނައުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް: ޝާހިދު
ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ތަރައްގީ ގެނެސްދީ، ރައްޔިތުންނަށް ފައިދާ ކުރާނެ ފަދަ މަޝްރޫއުތައް ހިންގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީ އާއި ހއ. ހޯރަފުށީ ގައި ކުރިއަށް ގެންދަން ރާވާފައިވާ ނުވަ މަޝްރޫއަކަށް ބެނުންވާ ފައިސާ ރަމްޒީ ގޮތުން ހަވާލުކުރުމަށް ފޮރިން މިނިސްޓްރީ ގައި ބޭއްވި ހާއްސަ ރަަސްމިއްޔާތުގައެވެ. 

އެގޮތުން އިންޑިއާ ސަރުކާރުން ދޭ 85 މިލިއަން ރުފިޔާގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނުވަ މަޝްރޫ އަކީ އިންޑިއާ ސަރުކާރުގެ އެހީ ގައި ކުރިއަށް ގެންދާ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި އަޅާބަލާ އިރު، ކުދި މަޝްރޫއު ތަކަކަށް ވީނަމަވެސް މި މަޝްރޫއު ތަކަކީ އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރާނެ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ގައި ގާއިމް ކުރެވިގެންދާ މަސް ޕްރޮސެސިން ޕްލާންޓް ތަކުގެ ސަބަބުން މަސްވަރިންނަށް ހަމަ އަގުގަގައި މަސް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސް ވިއްކާ އަދަދު އިތުރުވެ، ޕްރޮސެސިން ކެޕޭސިޓީ ވެސް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން، މި މަޝްރޫއު ތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީ ގައި ތަރައްގީ ގައި ކުރެވިގެންދާ ޓުއަރިޒަމް ޒޯންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޕްރައިވެޓް އިންވެސްޓްމެންޓްތައް އިތުރުވެ އައްޑޫ ސިޓީގެ އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އިތުރުވެގެން ދާނެ ކަމަށެވެ. 

ހޯރަފުށީގައި ގާއިމް ކުރެވިގެންދާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރުމުގެ ޕްލާންޓުގެ ސަބަބުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ތަކެތި މަދުކުރުމަށް ސާރުކާރުން ކުރާ މަސައްކަތައް އެހީތެރިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިއީ ތިމާވެށީގެ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ވެސް ފައިދާ ކުރާނެ މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫތަކުގެ ދަށުން ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓްގެ އިތުރުން އައްޑޫ ސިޓީގެ ތިން ސަރަހައްދެއް ގައި މަސް ޕްލާންޓް ހެދުމާއި، އައްޑޫގެ ފަސް ސަރަޙައްދެއްގައި އީކޯ ޓުއަރިޒަމް ޒޯން ތަރައްގީކުރުން ހިމެނެ އެވެ. 

މީގެތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައި ވާއިރު، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް